ބަންޑާރަ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 5 ވަނަ 'ބަންޑާރަ ކަޕް' މިއަދު ފަށާނެ
ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ މުއައްސަސާތަކާއި ވަކީލުންނަށް ޚާއްޞަކޮށްގެން ބަންޑާރަނާއިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބް (ބަންޑާރަ ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވާ "ބަންޑާރަ ކަޕް" ގެ 5 ވަނަ މުބާރާތް މިއަދު ހަވީރު ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ދައުލަތުގެ ޝަރުޢީ އަދި ޤާނޫނީ މުއައްސަސާތަކާއި، ޤާނޫނީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ މައިދާނުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ ހެންވޭރު ބޯޅަ ދަނޑުގައެވެ. ހަވީރާއި ރޭގަނޑު މެޗުތައް ކުޅެން ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 17 ޓީމާއި، އަންހެން ޑިވިޜަނުގައި 13 ޓީމާއެކު ޖުމުލަ 30 ޓީމު ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޜަނުގައި، ގްރޫޕް އޭ ގައި ހިމެނެނީ:
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 'އޭ.ސީ.ސީ.އާރު.ސީ.'
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 'އެޗް.އާރު.އާރު.ސީ.'
- މޯލްޑިވްސް ޕޮލިސް ސާވިސްގެ 'ޕޮލިސް ލޯޔަރސް'
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާޢީ ކްލަބް 'ޕީ.އޯ.އެސް.ސީ.'
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓީމް އެޗް.ސީ.'
ފިރިހެން ޑިވިޜަނުގެ ގްރޫޕް ބީ ގައި ހިމެނެނީ:
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް 'މީރާ އާރު.ސީ.'
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 'ޕެންޝަން އާރު.ސީ.'
- ޤާނޫނީ ފަރމް ސީ.އެލް.އޭ. ޕާރޓްނަރސް އަށް ނިސްބަތްވާ 'ޓީމް ކްލެޕް'
- ޑްރަގް ކޯޓުގެ 'ޓީމް ޑީ.ސީ.'
ފިރިހެން ޑިވިޜަނުގެ ގްރޫޕް ސީ ގައި ހިމެނެނީ:
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 'އޭ.ޖީ.އޯ.އާރު.ސީ.'
- ކްރިމިނަލް ކޯޓަށް ނިސްބަތްވާ 'އޯލް ސްޓަރސް'
- ބަންޑާރަނައިބުގެ އޮފީހުގެ 'ބަންޑާރަ ކްލަބް'
- ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް 'ޕެމާ'
ފިރިހެން ޑިވިޜަނުގެ ގްރޫޕް ޑީ ގައި ހިމެނެނީ:
- ސިވިލް ކޯޓުގެ 'ކްލަބް ސީ.ވީ.ސީ.'
- ޤާނޫނީ ފަރމް އެސް އެންޑް އޭ ލޯޔަރސްގެ ވަކީލުންގެ މައްޗަށް އެކުލެވޭ 'ޓީމް 94'
- ކްރިމިނަލް ކޯޓުގެ 'ޓީމް ސީ.އާރު.ސީ.'
- ފެމިލީ ކޯޓުގެ 'ޓީމް އެފް.އާރް.ސީ.'
އޭގެ އިތުރުން، މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޜަނުގައި، ގްރޫޕް އޭ ގައި ހިމެނެނީ:
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 'އޭ.ސީ.ސީ.އާރު.ސީ.'
- ޖުޑިޝަލް ސަރވިސް ކޮމިޝަންގެ 'ކްލަބް ޖޭ.އެސް.ސީ'
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޖުތިމާޢީ ކްލަބް 'ޕީ.އޯ.އެސް.ސީ.'
- ޤާނޫނީ ފަރމް ކިއު.ވީ.އެލްއަށް ނިސްބަތްވާ 'ކިއު.ވީ.އެލް'
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓީމް އެޗް.ސީ.'
އަންހެން ޑިވިޜަނުގެ ގްރޫޕް ބީ ގައި ހިމެނެނީ:
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 'އެޗް.އާރު.އާރު.ސީ.'
- ސިވިލް ކޯޓު އަދި ފެމިލީ ކޯޓު ގުޅިގެން އެކުލަވާލާފައިވާ 'ޓީމް ސީ.އެފް.ސީ'
- ކްރިމިނަލް ކޯޓުގެ 'ޓީމް ސީ.އާރު.ސީ.'
- ޑްރަގް ކޯޓުގެ 'ޓީމް ޑީ.ސީ.'
އަންހެން ޑިވިޜަނުގެ ގްރޫޕް ސީ ގައި ހިމެނެނީ:
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 'އޭ.ޖީ.އޯ.އާރު.ސީ.'
- ބަންޑާރަނައިބުގެ އޮފީހުގެ 'ބަންޑާރަ ކްލަބް'
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރެކްރިއޭޝަން ކްލަބް 'މީރާ އާރު.ސީ.'
- ޤާނޫނީ ފަރމް އެސް އެންޑް އޭ ލޯޔަރސްގެ ވަކީލުންގެ މައްޗަށް އެކުލެވޭ 'ޓީމް 94'
ޖުމްލަ 65 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކާގުޅޭ މައުލޫމާތާއި މެޗުތަކުގެ ނަތީޖާތައް އެއްތާކުން ބަލާލެވޭނެހެން މިއަހަރު މިވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ.
