logo
banner image
ޚާރިޖީ ވުޒާރާ

ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ސިންގަޕޫރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ވިވިއަން ބާލަކްރިޝްނަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ސިންގަޕޫރުގެ 61ވަނަ ޤައުމީ ދަވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ސިންގަޕޫރު ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެ އާއި ސިންގަޕޫރު އާ ދެމެދު، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ، ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއިން އޭގެ އަގުވަޒަންކުރާ ގުޅުމެކެވެ. އަދި ދިވެހިރާއްޖެ އާއި ސިންގަޕޫރު އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރަމެވެ.

ދިވެހިރާއްޖެ އާއި ސިންގަޕޫރު އާ ދެމެދުގައިވާ އެކުވެރި އަދި ގާތްގުޅުން އިތުރަށް ފަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާގެނެސްދޭނެކަމާއިމެދު ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާޤަދަރު އާކޮށް އެކަން ޔަޤީންކޮށް އަރުވާ، މަނިކުފާނަށް ދުޅަހެޔޮ ޞިއްހަތާއި ކާމިޔާބީ އަށް އެދެމެވެ."