logo
banner image
ޚާރިޖީ ވުޒާރާ

ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ނިއާލޭ ކާބާ އަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ކޮޓްޑިވުއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ކޮޓްޑިވުއާގެމިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި ދެޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރަމެވެ.

އަޅުގަނޑު ކަަމަނާއަަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."