logo
banner image

ހދ ގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވަޒީރު އަހުމަދު ޝިޔާމް ހދ.ނޮޅިވަރަމްފަރަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައިފައި، ދަނޑުވެރިކަމުގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިން އެރަށަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވިއެވެ. އަދި ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ބޭނުންވާ ޕެސްޓްސައިޑް ނޮޅިވަރަމްފަރު ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އެރަށުގެ ދަނޑު ބިންތަކަށް ޒިޔާރަތްކުރަތް ކުރައްވައި ދަނޑުވެރިންގެ އަޑު އައްސަވާފައިވެއެވެ.