ވަޒީރު ނޮޅިވަރަމް ކައުންސިލާއި ބައްދަލު ކުރައްވައިފި
ހއ، ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު އަހުމަދު ޝިޔާމް ވަނީ ހދ.ނޮޅިވަރަމަށް ވަޑައިނަވާފައެވެ..
މި ދަތުރުފުޅުގައި ވަޒީރު ވަނީ އެރަށުގެ ކައުންސިލާއި ބައްދަލުުކުރައްވާފައިވެއެވެ. އެގޮތުން މި ދެދާއިރާއިން، އެރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އަދި، ފުޑް ސެކިއުރިޓީ ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގެ ތެރެއިން ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ބޭނުންވާ ޕެސްޓްސައިޑް ނޮޅިވަރަމް ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.
ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި، އިތުރުން އެރަށުގެ ގައި ގާއިމްކުރާ އެގްރިކަލްޗާ ޕްރޮޖެކްޓް ގެ ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގާގޮތްވެސް ވަޒީރު ވަނީ ބައްލަވާފައެވެ.
