logo
banner image
ޚާރިޖީ ވުޒާރާ

‏ޖެމެއިކާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‏‎ޖެމެއިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސެލެންސީ ކަމިނާ ޖޯންސަން ސްމިތް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ޖެމެއިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޖެމެއިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި ޖެމެއިކާ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް، ޖެމެއިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."