logo
banner image

އުކުޅަހުގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިނިސްޓަރުގެ އަރިހުގައި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ، އިބްރާހިމް އަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢަކީ ޖުމްލަ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ 50 ހައުސިންގ ޔުނިޓެވެ.