logo
banner image

ޕެސްޓް ކޮންޓްރޯލް ކުރުމުގެ އުކުޅުތަކާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި

ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ތަަމްރީން ޕްރޮގްރާމެއް ފަށައިފިއެފވެ.

މި ތަމްރީންތައް ކުރިޔަށް ގެންދަނީ އޮގަސްޓް 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.

ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދިޔަ މި ތަމްރީނުގައި ކިޔަވައިދީފައިވަނީ ތިއަރީ އަދި ޕްރެކްޓިކަލް ހިމެނޭގޮތަށް އިނގިރޭސިބަހުންނެވެ.

މި ތަމްރީނު ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓު ކޮންޓްރޯލުކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކުސައާއި ބަލިތައް އިދާރީގޮތުން ކޮންޓްރޯލުކުރާނެ ގޮތްތަކެވެ. އަދި ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ޙަމަލާދޭ ސޫތްޕެއްކަމަށްވާ އެސިކޯޑްސް ހިސްޕިނާރަމްއާއި، ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ ލެބްގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ތަމްރީނު ޕްރޮގުރާމުގެ ބައިވެރިންނަށް ދައްކާލާނެއެވެ.