logo
banner image

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ތ. ވިލުފުށި ކައުންސިލާ ބައްދަލުކުރައްވައިފި

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު، ތ. ވިލުފުށި ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢޫތަކުގައި ހިމެނޭ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ، އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.