logo
banner image

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.

ގދ.ތިނަދޫ، ވިނަވި އަލްފާޟިލާ ޝަޒުހަތު ލަތީފް, އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރައްވާފައިވާކަން ޕީ.ސީ.ބީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ޝަޒުހަތު ލަތީފް, އެބޯޑަށް އައްޔަންކުރެއްވީ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ.

ޝަޒްހަތު ގެންދަވަނީ، 2017 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުންނެވެ.

ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.

ޝަޒްހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.