logo
banner image

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 49 އިންސައްތަ ނިމިއްޖެ

ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 49 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް(އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ މަސައްކަތް އަދި ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގައި ބޭރުތޮށި އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.