ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރާއި ތުރުކީވިލާތުގެ ޖުމްހޫރިއްޔާގެ ސަރުކާރާ ދެމެދު ވެވުނު ޕްރިފަރަންޝަލް ޓްރޭޑް އެގްރީމެންޓަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރާއި ތުރުކީވިލާތުގެ ޖުމްހޫރިއްޔާގެ ސަރުކާރާ ދެމެދު 04 ނޮވެމްބަރު 2024 ގައި ސޮއިކުރެވިފައިވާ "ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިޔޭ" އެއްބަސްވުމަށް މިއަދު، 01 އޮގަސްޓް 2026 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާކަމުގެ ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ވަނީ ބަދަލުކުރެވިފައެވެ.
އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚަކީ 01 އޮގަސްޓް 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، އެ ތާރީޚުން ފެށިގެން މި އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފައެވެ.
