logo
banner image
ޚާރިޖީ ވުޒާރާ

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސެރް ބުރީޓާއަށް ތުރޯން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަނިކުފާނަށާއި މޮރޮކޯގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު އުފެދިފައިވާ އަޚްވަންތަކަމުގެ ގާތް ގުޅުން ކުރިއަށް އޮތް ގާތް ގުޅުން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.

މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މޮރޮކޯގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."