logo
banner image

މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިމިއްޖެ

އދ. މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި 4.89 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މިއީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް(އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.