ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކުރި ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ) އާ 09 އޭޕްރިލް 2025 ގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި އާއްމުންނަށް ހުޅުވާލީ މިއަދު ހަވީރު 4 ޖެހިއިރުއެވެ.
މި މަޝްރޫޢު ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ. އަދި މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއްޤާއިމުކުރެވިފައިވާއިރު، ބޭންކް އޮފް ސިލޯން ކުރިމަތިން ޚާއްޞަ ޕާކިންގ އޭރިއާއެއް ތަރައްޤީކޮށްފައިވެއެވެ.
އަލަށް ތަރައްގީކުރި ސަރަޙައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އިއްޔެ އެ ސަރަހައްދުގައި ގަަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
