logo
banner image

ބޮޑުތަކުރުފާނުމަގުގެ ތަރައްޤީކުރަމުންދާ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މި ޙަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މިނިސްޓަރުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ އިތުރުން ބީ.އެމް.އެލް، އެމް.ޓީ.ސީ.ސީ އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ޙަރަކާތުގެ މަޤްޞަަދަކީ ބޮޑުތަކުރުފާނު މަގުގައި ތަރައްޤީކުރި ސަރަޙައްދުގެ މަސައްކަތް ނިންމުން ފާހަގަކުރުން ކަމަށެވެ. އަދި އެ ސަރަޙައްދުގައި ގަސް އިންދުން ވެގެންދާނީ މަގު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަ ޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާދަމާ (24 ޖުލައި) ހަވީރު 4 އިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ތަރައްޤީކުރި ސަރަޙައްދު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.