logo
banner image

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ޕީސީބީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އީނާސް ނަޞީރު އައްޔަނުކޮށްފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ޕީސީބީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، އީނާސް ނަޞީރު އައްޔަނުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަޞީރު އައްޔަން ކުރައްވާފައިވާކަން ޕީ.ސީ.ބީ އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އީނާސް ވަނީ، ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރ، ޔުނައިޓެޑް ކިންގްޑަމް އިން، ފައިނޭންސް ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ.

އީނާސް ނަޞީރަކީ ފައިނޭންސް ދާއިރާއިން 20 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އީނާސް މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފައިނޭންސް ޑިރެކްޓަރ އެއްގެ މަޤާމުގައެވެ.