ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 ޕަސެންޓް ނިމިއްޖެ
ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް(އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
- އައު ބަނދަރާއި ނެރުފުންކުރުން
- ބޭރުތޮށި ޖެހުން
- ކީވޯލްޖެހުން
- ރިވެޓްމެންޓް ޖެހުން
- މޫރިންގ ބްލޮކްސް ހަރުކުރުން
- ރޭމްޕެއްލުން
- ޕޭވްމެންޓްލުން
- ބަނދަރު ލައިޓްސް ހަރުކުރުން
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 47.09 މިލިއަން ރުފިޔާގެ އަގަކަށެވެ.
