logo
banner image

ޅ. ނައިފަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 45 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ޅ. ނައިފަރުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 45 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ:

• 45 ހެކްޓަރު ބިން ހިއްކުން

• 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން

• 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުން

• 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 679,031,580.60 ރުފިޔާއެވެ.