logo
banner image

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ ބައްލަވާލައްވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅައި މުޅިން ނިންމާފައެވެ.

އެމްޓީސީސީއާ 09 އޭޕްރިލް 2025 ގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޯގަސްޓް 2025 ގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު 18 ޖުލައިވީ ހޮނިހިރު ދުވަހު ކުރެއްވި ޒިޔާރަތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުން.
  • ބަނދަރުގެ ބައެއް ހިއްކައިގެން މަގު 4 ލޭނަށް ފުޅާކުރުން.
  • މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން.
  • މަގު ބައްތި ހަރުކުރުމާއި، ރޯޑް މާރކިންގ އަދި ސައިން ބޯޑުތައް ހަރުކުރުން.
  • ބޭންކް އޮފް ސިލޯން ކުރިމަތިން ޚާއްޞަ ޕާކިންގ އޭރިއާއެއް ތަރައްޤީކުރުން.

މި މަޝްރޫޢު ނިމުމުން، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އޮންނަ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.