"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 14 ވަނަ ބައި
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
މާނަކުރުން 14.
މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކުގެ ދީފައި ދީފައި އެވާ މާނަކުރުމެވެ.
(ހ) މުދާ ނުވަތަ (ދައުލަތުގެ މުދާ) ކަމަށް ބުނެފައި އެވަނީ ދައުލަތުގެ އޮފީސްތަކުގެ ހަރު މުދަލުގެ ރަޖިސްޓަރީގައި ހިމަނައިފައިވާ މުދަލެވެ. މީގެ ތެރޭގައި އާކައިވް ކުރަންޖެހޭ ތަކެއްޗާއި، އާސާރީ ތަކެތީގެ ގޮތުގައި ކަނޑައަޅާ ތަކެއްޗެއް ނުހިމެނޭނެއެވެ.
(ށ) "މާލީ ޒިންމާދާރު ވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ޤާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ.
އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަނޑައަޅާ މުވައްޒަފަކަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ފައިސާއާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާގެ މިނިސްޓަރަށާއި، އޭނާގެ މަސްއޫލިއްޔަތު އެހެން މިނިސްޓަރަކާ، ނުވަތަ ސްޓޭޓް މިނިސްޓަރަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފި ނަމަ، އެ މިނިސްޓަރަކަށް ނުވަތަ ސްޓޭޓް މިނިސްޓަރަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި ބެހޭ ކަންކަން ބެލެހެއްްޓުމަށް އެއިރަކު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށެވެ.
އުވައިލެވޭ އުސޫލު 15.
މި އުސޫލަށް ޢަމަލުކުރަން ފެށުމުން، ކުރިން ޢަމަލުކުރަމުން ގެންދިަ "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދަޢުލަތުގެ މުދާ ނީލަންކިއުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލު" އުވުނީއެވެ.
