logo
banner image

"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 12 ވަނަ ބައި

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

ޚާއްސަ ހާލަތުތައް 12.

މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ޢަމަލުކުރާނީ މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ހ) ދިވެހިރާއްޖެއިން ބޭރުގައި ޤާއިމްވެފައިވާ ދައުލަތުގެ އޮފީސްތަކުން މި އުސޫލަށް ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(1) މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދައު ނީލަން ކިޔުމުގައި ނުވަތަ ނައްތައިލުމުގެ ކުރިން، ދައުލަތުގެ އެހެން އޮފީހަކުން އެ މުދައު ބޭނުންވޭތޯ ބަލާކަށެއް ނުޖެހޭނެއެވެ.

(2) މި މާއްދާ ރައްދުވާ ދައުލަތުގެ އޮފީހެއްގެ ބެލުމުގެދަށުގައިވާ މުދަލެއް ނީލަން ކިޔުމުގައި ނުވަތަ ނައްތައިލުމުގައި މި އުސޫލުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާއި، އެ އޮފީހެއް ޤާއިމްވެފައިވާ ޤައުމުގައި އެ ފަދަ މުދައު ނީލަން ކިޔުމަށް ނުވަތަ ނައްތައިލުމަށް އޮންނަ ނިޒާމާ ފުށުއަރާނަމަ، އެ މުދަލާމެދު ޢަމަލުކުރަން ފެންނަ ވަކި ގޮތެއް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަން ވާނެއެވެ.

(ށ) ދައުލަތުގެ އޮފީހެއްގެ މަސައްކަތާއި ގުޅިގެން އެ އޮފީހެއްގެ ބެލުމުގެދަށުގައިވާ، ވަކި ޚާއްސަ މުދަލެއް ނީލަންކިއުމުގައި ނުވަތަ ނައްތައިލުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(1) ޚާއްސަ މުދަލުގެ ގޮތުގައި ބެލެވޭނީ، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންކުރެވެން ނެތް އަދި އެ މުދައު ނީލަންކިއުމުގައި ނުވަތަ ނައްތައިލުމުގައި ވަކި ޚާއްސަގޮތަކަށް އަމަލު ކުރަންޖެހޭ މުދަލަށެވެ.

(2) ޚާއްސަ މުދައުކަމަށް ބެލެވޭ މުދަލެއް ނީލަންކިއުމުގެ ކުރިން، ނުވަތަ ނައްތައިލުމުގެ ކުރިން، އެ މުދަލަކީ ޚާއްޞަ މުދަލަެއް ކަމަށް ކަނޑައެޅުމަށްޓަކައި އަދި އެ މުދަލާމެދު ޢަމަލުކުރަން ފެންނަ ވަކި ގޮތެއް މި އުސޫލުގެ ޖަދުވަލު 1 ގައި މަނައިފައިވާ NL01 ފޯމު ހުށަހަޅައިގެން އެ މުދައު ނައްތައިލުމުގެ ނުވަތަ ނީލަންކިޔުމުގެ ހުއްދަ ހޯދަންވާނެއެވެ.