logo
banner image

ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިނިސްޓަރު ޢަލީ ޝަރީފް އޭޑީބީއާ މަޝްވަރާކުރައްވައިފި

ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓަރު ޢަލީ ޝަރީފް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފާއި މިނިސްޓްރީގެ އިސްވެރިން ވަނީ އޭޑީބީގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އެމް.އެސް ސޯނާ ޝްރެސްތާ އަދި އެ ބޭންކުގެ ވަފުދާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި އޭޑީބީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީން ދެމުންދާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.