logo
banner image

ވަގު ބޮލި ނުވަތަ (cypraea testudinaria) މިއީ ދިވެހި ކަނޑުފަޅުން ފެންނަ އެންމެ ބޮޑު ބޮލި(ކަވްރީ) އެވެ.

މި ބޮލީގެ ފުރިހަމަ ބޮޑުމިނުގައި 12.5 ސމ. ހުންނަ ކަމަށް ބެލެވެއެވެ. މި ބޮލި އޮންނަނީ ގިނަ އެެހެން ބޮލިތަކާއި ހިލާފަށް، ދިގު ބުރަކަށެވެ. ބޮލީގެ ބޭރު ފަރާތް( ބުރަކަށި މައްޗާއި އަރިމައްޗާއިއެކު) މުށި ކުލައެއް ހުރުމާއިއެކު، އެއަށްވުރެ ގަދަ މުށި ކުލައެއްގެ ލައްތަކެއް ތިރީ ކައިރީގައި ހުރެއެވެ. އަދި ބުރަކަށި މަޓީގައި ނުސާފު ހުދު ލައްތަކެއް ފާޅުވާން ހުރެއެވެ. ބަނޑުދަށް ހުންނަނީ މުށި ފާދުގެ ކުލައެއްގައެވެ. އަދި މި ބޮލީގެ ދަތްތައް ހުންނަނީ ވަރަށް ކުދިކޮށް، ހިމުންކޮށެވެ.

ވަގު ބޮއްޔަކީ ދިވެހި ކަނޑުފަޅުން މަދުން ފެންނަ ތަދު ބޮއްޔެކެވެ. އެހެން ކަމުން މި ބޮއްޔަކީ ގިނަ ދިވެހިން ދަންނަ ބޮއްޔެއް ނޫންނެވެ. ނަމަވެސް ބޮލި އެއްކުރާ ބައެއް މީހުން މި ބޮލި ބޭނުން ކުރެެވެ.