logo
banner image
ޚާރިޖީ ވުޒާރާ

ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭން އަބަދަވެސް ސަޢޫދީ ޢަރަބިއްޔާއާ އެކުގައި ވާ ކަމަށާއި އެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ އެވެ.

އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.