logo
banner image
ޚާރިޖީ ވުޒާރާ

މޮންޓަނޭގްރޯ ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ އެރްވިން އިބްރަހިމޮވިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"މޮންޓަނޭގްރޯ ގެ ސްޓޭޓްހުޑް ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި މޮންޓަނޭގްރޯ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ކުރިއަށް އަހަރުތަކުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަށް މަނިކުފާނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."