ދައުލަތުގެ މުދަލާއި މުދާ ބެލެހެއްޓުމާއި ގުޅޭ ގޮތުން ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި
ދައުލަތުގެ މުދަލާއި މުދާ ބެލެހެއްޓުމާއި ގުޅޭ ގޮތުން ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ދައުލަތުގެ މުދަލާއި މުދާ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން، ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް (ޕީ.އައި.އެފް) އިން ޚާއްސަ ތަމްރީނު ސެޝަނެއް ކުރިއަށްގެންގޮސްފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ގައި ބޭއްވި، މި ތަމްރީނު ޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައި ވަނީ، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި. ނޭޝަނަލް އިސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މުވައްޒަފުންނަށެވެ.
