logo
banner image

"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 9 ވަނަ ބައި

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

ދައުލަތުގެ މުދާ ނައްތައިލުން 9.

(ހ) މި އުސޫލުގެ 4 ވަނަ މާއްދާގެ (މ) ގެ ދަށުން ނައްތައިލުމަށް ކަނޑައަޅާ ތަކެތި، ނައްތައިލުމުގެ ކުރިން އެފަދަ ތަކެތީގެ ލިސްޓެއް ނަގައި NL01 ފޯމު ފުރިހަމަކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުދާ ނައްތައިލުމަށްފަހު، NL02 ފޯމު ފުރިހަމަކުރުމަށްފަހު، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ދައުލަތުގެ އެއްވެސް މުދަލެއް ނައްތައިލަންވާނީ، އެ މުދަލަކީ، ޤާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ ދަށުން އަރުޝީފުކުރަން ނުޖެހޭ މުދަލެއްކަމާއި، ޤާނޫނު ނަންބަރު 27/79 (ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާ ބެހޭ ޤާނޫނު) ގައި މާނަކޮށްފައިވާ އާސާރީ ތަކެއްޗަށް ނުވަތަ ތާރީޚީ ތަކެއްޗަށް ނުވާ މުދާކަން ކަށަވަރުކުރުމަށްފަހު އެވެ.