އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ސްކައުޓް ކޭމްޕްގެ ފެތުމުގެ ހަރަކާތް ކުރިއަށްގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދީފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ސްކައުޓް ކޭމްޕްގެ ފެތުމުގެ ހަރަކާތް ކުރިއަށްގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޖުލައި 10ވަނަ ދުވަހުގެ ހެނދުނު ޕޮލިސް އެކެޑަމީގެ ފަތާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަދަން އޭރިއާގެ ފަރާތުން ވަނީ ފެތުމުގެ ހަރަކާތުގެ ސަލާމަތީކަންތައް ބެލެހެއްޓުމާއި، އެ ހަރަކާތް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހަރަކާތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ގާއިމްވެތިބި މެރިން ޑިޕްލޯއިމަންޓް ޔުނިޓް 5ގެ މެރީންސާއި ސަޕޯޓް ސަރވިސްގެ ސިފައިންނެވެ.
މި ކޭމްޕަކީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުން އިސްނަގައިގެން، ސްކައުޓުންނަށް އަމާޒުކޮށްގެން އައްޑު އަތޮޅުގެ 6 ސްކޫލަކާއި، ޏ. އަތޮޅު ފުވައްމުލަކު ސްކޫލް ހިމެނޭ ގޮތަށް 7 ސްކޫލަކުން ޖުމްލަ 150 ދަރިވަރުން ބައިވެރިވެގެން ކުރިއަށްދާ ކޭމްޕެކެވެ.
