އަބޫބަކުރު ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި
ގދ. ތިނަދޫ، އަބޫބަކުރު ސްކޫލުގެ ދަރިވަރުން، ސަދަން އޭރިއާ ކޮމާންޑުގައި ޑިޕްލޯއިކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއަށް ޖުލައި 9ވަނަ ދުވަހު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ ގްރޭޑް 5 އަދި 6ގެ 73 ދަރިވަރުންނާއި 17 ޓީޗަރުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކޯސްޓްގާޑް ޝިޕް ޣާޒީއާ ބެހޭ މަޢުލޫމާތާއި، އުޅަނދުގެ ބްރިޖުގައި ހުންނަ އާލާތްތަކާއި، އުޅަނދުގެ ނެވިގޭޝަނާއި، އުޅަނދުގައި އަލިފާން ނިއްވުމަށާއި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ވަސީލަތްތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ޒިޔާރަތަކީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމަށާއި، ކޯސްޓްގާޑުން އަދާކުރާ މުހިންމު ދައުރާއި، ކޯސްޓްގާޑުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީގެ ސިފައިންނެވެ.
