logo
banner image

ޝަފާ ގޭގައި ރޯވި އަލިފާން، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:26 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 09:46 ހާއިރުއެވެ.

އެ ގޭގެ ގުދަނެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އެހެނަސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.