"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 7 ވަނަ ބައި
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ސިޓީން އަގު ހުށަހަޅައި ނީލަންކިއުން 7.
(ހ) ސިޓީން އަގު ހުށަހަޅާ ނީލަމަކީ NL04 ފޯމު ފުރިހަމަކޮށް އެއްް އުރައެއްގައި ފުރިހަމަކުރުމަށް ފަހު، އެ ފޯމު ސިޓީ އުރައެއްގައި ބަންދުކޮށްފައި އެ އޮފީހަކަށް ހުށަހަޅަންވާނެއެވެ.
(ށ) ނީލަމަށް އަގު ހުށަހެޅުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، NL04 ފޯމު ފުރިހަމަކޮށް އެއްް އުރައެއްގައި ފުރިހަމަކުރުމަށް ފަހު، އެ ފޯމު ސިޓީ އުރައެއްގައި ބަންދުކޮށްފައި އެ އޮފީހެއްގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅުމުން ސިޓީ އުރައިގެ ބޭރުގައި ފޯމު ހުށަހެޅި ތާރީޚާއި، ގަޑިއާއި، އެ އޮފީހެއްގެ ތައްގަނޑު ޖެހުމަށްފަހު، ސިޓީންއަގު ހުށަހެޅި ފަރާތުގެ ހާޒިރުގައި އެ ނީލަމަކަށް ޚާއްޞަކޮށްފައިވާ ފޮށްޓަށް ލާންވާނެއެވެ.
(ރ) ނީލަންކިޔާ އޮފީހުގައި ނީލަން ކިޔާ ތަކެއްޗަށް ޚާއްޞަކޮށްފައިވާ ދަފުތަރެއް ތައްޔާރުކޮށް ނީލަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) އެއް ވަގުތެއްގައި އެއް ނީލަމަށްވުރެ ގިނަ ނީލަން ކުރިޔަށް ގެންދާ ނަމަ ، އެ ނީލަންތައް ވަކިން އެނގޭނޭހެން ކޮންމެ ނީލަމަކަށް ވަކި ފޮށްޓެއް ބަހައްޓަންވާނެއެވެ. އަދި އެ ފޮށީގައި، އެ ނީލަމުގެ ނަން ލިޔެ ލޭބަލްކުރަންވާނެއެވެ.
(ޅ) ސިޓީން އަގު ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ ފޮށި ހުޅުވަންވާނީ އެ އޮފީހެއްގައި ނީލަންކިޔުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފަކާއި މާލީޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިއާ ޢައްޔަނުކުރާ ފަރާތެއްގެ ހާޒިރުގައެވެ.
(ކ) އެ ދުވަހެއްގެ އެންމެ މަތީ އަގު ނުވަތަ ނީލަން ކާމިޔާބުކުރި އަގު އެނގޭނޭ ލިއުމެއް ނޯޓިސް ބޯޑުގައި ބަހައްޓަންވާނެއެވެ. މި ލިޔުން ބަހައްޓަންވާނީ، ، މި ލިއުން ބަހައްޓަންވާނީ NL05 މާލީ ޒިންމާދާރު ވެރިޔާ ސޮއިކުރުމަށްފަހުގައެވެ.
(އ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ސިޓީން އަގު ހުށަހަޅައިގެން، ކުރިޔަށްގެންދާ ނީލަންތަކުގެ އެ ދުވަހެއްގެ އެންމެ މަތީ އަގު ނީލަންކިޔާ ކޮންމެ ދުވަހެއްގެ 14:00 ގައި އެ އޮފީހެއްގެ ނޯޓިސް ބޯޑުގައި ނުވަތަ އާންމުންނަށް ފެންނާނެހެން ހާމަކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 48 (ސާޅީސް އަށެއް) ގަޑިއިރުވަންދެން އެއް އަގެއް އޮވެއްޖެ ނަމަ، އެ އަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވީކަމަށް ނިންމައި ނޯޓިސް ބޯޑުގައި ނުވަތަ އާންމުންނަށް ފެންނާނޭހެން، ހާމަކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުވިކަން ލިއުމުން އަންގަންވާނެއެވެ.
