logo
banner image

ވީ.އައި.އެޗް.އެސްގެ "ސަގާފީ ދަތުރު" ވަޒީރު ހީނާ ވަލީދަށް ތަޢާރަފުކޮށް އަރުވައިފި.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ "ސަގާފީ ދަތުރު" ވަޒީރު ހީނާ ވަލީދަށް ތަޢާރަފުކޮށް އަރުވައިފިއެވެ. މި ތަޢާރަފުކުރުން ކުރިއަށް ދިޔައީ އިއްޔެ ވިލާކޮލެޖްގައެވެ.

ވިލާ ކޮލެޖަށް ވަޒީރު ކުރެއްވި މި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރުގެ އިތުރުން ކޮލެޖުގެ އިސްވެރިންނާއި ސްކޫލްގެ ދިވެހި މުދައްރިސުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި "ސަގާފީ ދަތުރު"ގެ ނަމުގައި ތާރީޚާއި ސަގާފަތަށް ޚާއްސަ ހަރަކާތެއް ފަރުމާކޮށް ރޭވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި މާއްދާއަށް ޝައުޤުވެރިން އިތުރުވާނޭ ފަދަ ގޮތަކަށް ބަހާއި ބަހުރުވަތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.

މިހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާތާ މިއީ 13 ވަނަ އަހަރުކަމުގައި ވިލާ ކޮލެޖުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ވެސް، ވަޒީރުގެ މި ޒިޔާރަތުގައި މިވުޒާރާއާއި ވިލާ ކޮލެޖާ ގުޅިގެން ތައުލީމީ ރޮނގުން ފަންނާއި ސަގާފަތުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.