logo
banner image

މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފ.ދަރަނބޫދޫ ކައުންސިލާ ބައްދަލުކުރެއްވުން

މަސްވެރިކަމާ ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފ.ދަރަނބޫދޫ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.

މަސްވެރިކަމާ ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ އަދި ވުޒާރާއާއި ގުޅިގެން ކުރިއާސްގެންދެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފ.ދަރަނބުދޫ ކައުންސިލުން ވަނީ މި ވުޒާރާއާއި ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި، މަސްވެރިކަމާ ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ވަޒީރާއި ވަނީ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން މި ވުޒާރާއިން ދަރަނބޫދޫގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހައިޑްރޯޕޮނިކްސް ފަންނީ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ދަރަނބޫދޫގެ ދަނޑުވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.