އައި.ޖީ.އެމް.އެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޕޮއިންޓް-ޓު-ޕޮއިންޓް ބްލަޑް ސާމްޕަލް ސިސްޓަމް (ނިއުމަޓިކް ސިޓިއުބް ޓްރާާސްޕޯޓް) ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށިފި
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގައި "ޕޮއިންޓް-ޓު-ޕޮއިންޓް ބްލަޑް ސާމްޕަލް ޓްރާންސްޕޮޓޭޝަން ސިސްޓަމް" (ނިއުމަޓިކް ބްލަޑް ޓްރާންސްޕޯޓޭޝަން) ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިމަހުގެ 2 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޕޮއިންޓް-ޓު-ޕޮއިންޓް ބްލަޑް ސާމްޕަލް ޓްރާންސްޕޮޓޭޝަން ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިއުލާނުގައިވެއެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 5 ޖުލައި 2026އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް- ބީލަން ޕޯޓަލް (https://beelan.finance.gov.mv/) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައިވެއެވެ.
އަދި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ ކަމަށާއި، ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެނެވޭ ކަމަށް އިއުލާނުގައިވެއެވެ.
ބީލަމޢި ގުޅޭ އިތުރު މައުލޫ މި (ލިންކް) އިން ފެނިވަޑައިގަންނަވާނެއެވެ.
އިއުލާނު ނަންބަރ : https://www.gazette.gov.mv/iulaan/print/400619
ޕްރޮޖެކްޓު ނަންބަރު: TES/2026/G-007 1