logo
banner image

ސީ.އީ.ޑީ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު އަލީ ޝަރީފް ޒުވާނުންނާ ބައްދަލުކުރައްވައިފި

ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (ސީ.އީ.ޑީ) ގެ 9 ވަނަ ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަލީ ޝަރީފް ޒުވާނުންގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ މިފަދަ މުހިންމު ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ޒުވާނުން ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ތިމާވެށީގެ ކަންކަމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ފަރާތުން ލިބޭ ބިނާކުރުވަނިވި ހިޔާލުތަކާއި އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކުރިއަށްދިޔަ މޭވާއަޅަނިވި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ، ސަރުކާރުތަކުން ނިންމާ ނިންމުންތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މީގެ އިތުރުން، ސިޔާސަތުތައް އެކުލަވާލުމުގެ މަރުހަލާގައި ޒުވާނުންގެ ދައުރު ފުޅާކޮށް، އެކުދިންގެ އަޑު އިއްވޭނެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް މިނިސްޓަރު ވަނީ ޒުވާނުންނާ ހިޔާލު ބަދަލުކުރައްވާފައެވެ.