logo
banner image

"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 2 ވަނަ ބައި

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

ދައުލަތުގެ މުދާ ބަދަލުކުރުމާއިި ނީލަންކިއުމާއި ނައްތައިލުން 2.

(ހ) ދައުލަތުގެ މުދަލެއް އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރަންވާނީ ނުވަތަ ނީލަންކިޔަންވާނީ ނުވަތަ ނައްތައިލަންވާނީ ދައުލަތުގެ އެއްވެސް އޮފީހަކުން އެ މުދަލެއް ބޭނުންވޭތޯ ބެލުމަށް ފަހުގައެވެ. އަދި މިކަމަށް ބޭނުންކުރަންވާނީ ފައިސާއާއި ބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިއަރަކު ހަވާލުކޮށްފައިވާ ވުޒާރާއަކުން އެކަމަށް ކަނޑައަޅައިފައިވާ ނިޒާމެވެ.

(ށ) ދައުލަތުގެ މުދަލެއް އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމަށް ނުވަތަ ނީލަންކިޔުމަށް ކަނޑައަޅާނީ އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއެވެ. އަދި ފައިސާއާބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިރަކު ހަވާލުކޮށްފައިވާ ވުޒާރާއަކުން ޤާއިމްކޮށްފައިވާ ނިޒާމުގެ ދަށުން ދައުލަތުގެމުދައު ބަދަލުކުރުމާއި، ނީލަންކިޔުމާއި ނައްތައިލުމަށް ހުށަހަޅާނީ އެ މުއައްސަސާއެއްގެ މާލީ ޒިންމާދާރުވެރިޔާއެވެ.

(ނ) ދައުލަތުގެ މުދަލުގެ ތެރެއިން ނީލަންކިއުމަށް ނުވަތަ ނައްތައިލުމަށް ހުށަހެޅުނު ދައުލަތުގެ މުދަލުގެ ތެރެއިން މުދަލެއް ބޭނުންވެގެން ނީލަން މުއައްސަސާއަކުން އެދިއްޖެނަމަ، އެ މުދަލެއް އެ މުއައްސަސާއަކަށް ބަދަލުކުރާނީ މުދަލުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ނިޒާމެއް މެދުވެރިކޮށް އެ ކަމަކަށް ހުއްދަ ދިނުމުންނެވެ. އަދި ބަދަލުކުރެވޭ މުދަލާބެހޭ މަޢުލޫމާތު އެ ނިޒާމް މެދުވެރިކޮށް އެމުއައްސަސާއަކުން ބަލަހައްޓަން ވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން އެ މުދަލެއް ބޭނުންވާކަން އަންގާފައިނުވާނަމަ، މާލީ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން އެ މުދަލެއް ނީލަން ކިޔައިގެން ވިއްކައިލެވިދާނެއެވެ. މިގޮތަށް ނީލަންކިޔާއިރު NL01 ފޯމް ފުރިހަމަކުރަންވާނއެވެ.

(ބ) ދައުލަތުގެ އޮފީހެއްގެ ބެލުމުގެ ދަށުގައިވާ، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ، ބައުވެ ހަލާކުވެފައިވާ ނުވަތަ ބޭނުންކުރެވެން ނެތް މުދާ ނީލަމުގައި ވިއްކައިލަންވާނީ ނުވަތަ ނައްތައިލަންވާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން، މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަ ލިބިގެންނެވެ.

(ޅ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ މުދާ ނީލަންކިޔާނެ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްފި ނަމަ، ދައުލަތުގެ މުދާ ނީލަންކިޔަންވާނީ އެ ނިޒާމު މެދުވެރިކޮށެވެ.

(ކ) ނީލަމުގައި ވިއްކައިލާ މުދަލާއި ނައްތައިލާ މުދަލާއި އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރާ މުދަލުގެ ރެކޯޑުތައް އެ މުއައްސަސާއަކުން ބަލަހައްޓަމުން ގެންދަންވާނެއެވެެ. މިގޮތުން ބަދަލުކުރެވޭ މުދަލުގެ ތަފުސީލު ގެންދަންވާ އެ ބަދަލުކުރެވޭ ދެ މުއައްސަސާއެއްގެ ހަރުމުދަލުގެ ރަޖިސްޓްރީ އުނިއިތުރުކޮށް، ފައިިސާއާ ބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިރަކު ހަވާލުކޮށްފައިވާ ވުޒާރާއަކުން ކަނޑައަޅާފައިވާ ނިޒާމުގެދަށުން އެ ރިކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ.

(އ) ނީލަންކީ ތަކެއްޗާއި ނައްތައިލި ތަކެތީގެ ލިސްޓް NL02 ފޯމުގައި ހިމެނުމަށްފަހު، އެ މުދަލެއް ނީލަމުގައި ވިއްކައިލި ދުވަހުން ފެށިގެން ނުވަތަ ނައްތައިލި ދުވަހުން ބަންދު ނޫން 7 (ހަތެއް) ދުވަހުގެތެރޭގައި ފައިސާއާބެހޭ ކަންކަން ބެލެހެއްޓުމަށް އެ އިރަކު ހަވާލުކޮށްފައިވާ ވުޒާރާއަކަށް ފޮނުވަންވާނެއެވެ.

(ވ) ދައުލަތުގެ މުދާ ނީލަންކިޔައިގެން ލިބޭ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ނުވަތަ މިނިސްޓްރީން އަންގާ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.