ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލައިފި
މި މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކާ ގުޅިގެންނެވެ.
މި ތަމްރީން ޕޮރޮގްރާމްތަކުގެ މަޤްސަދަކީ މަސވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި އާމަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރުރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމެވެ.
މިގޮތުން 2026 ވަނަ އަހަރު މިމިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖަހެފައިވާ ދެ ތަމްރީން ޕްރޮގްރާމަކީ
- ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް.
- އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް.
މިތަމްރީންތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިނުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް މި މިނިސްޓްރީއަށް ސިޓީ މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
