logo
banner image

"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 8 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު މުއާމަލާާތްތަކުރުމަށް ހުއްދަދެވޭނެ ގޮތް 8.

(ހ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ދާއިމީގޮތެއްގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް އެއްވެސް ހާލެއްގައި ހުއްދަދީގެން ނުވާނެއެވެ.

(ށ) މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ކުރުމަށް ހުއްދަދިނުމުގައި އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.

1. ދައުލަތުގެ ތަނަކަށް އެތަނެއްގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމުގެ ކުރިން، އެ ޕްރޮކިއުމަންޓެއް ނުވަތަ އެކަމެއް ކުރިއަށްގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީންކަން؛

2. ޕްރޮކިއުމަންޓެއްގެ ދަށުން ތަކެތި ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ހަވާލުކުރެވޭ ފަރާތަކީ އެކަންކުރުމުގެ އެކަށީގެންވާ ތަޖުރިބާއާއި ހުނަރު ލިބިފައިވާ ފަރާތެއްކަން؛

3. އެ ބީލަމަކާއި ގުޅިގެން އިތުރު ބިޑެއް ހުށަހަޅާފައި ނެތުން ނުވަތަ އެ ބިޑަކީ ހުށަހަޅާފައިވާ ބިޑްތަކުގެ ތެރެއިން އެންމެ ރަނގަޅު ބިޑަށްވުން؛

4. އިވެލުއޭޝަނުން ހޮވާ ފަރާތާއި ގުޅުންހުރި ދައުލަތުގެ އޮފީހުގެ މުވައްޒަފަކީ ޕްރޮކިއުމަންޓް ޕްރޮސެސް އެއްވެސް މަރުހަލާއެއްގައި ބައިވެރިވެފައިވާ ފަރާތެއްކަމަށް ނުވުން؛

5. ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތާއި ގުޅުންހުރި މުވައްޒަފަކީ، މި އުސޫލުގެ 6 ވަނަ މާއްދާހެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފެއް ނޫންކަން؛

(ނ) މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ހުއްދަދޭނެ ފަރާތެއް ކަނޑައެޅުމުގައި، އެ މާލީ އަހަރުގެ އެ އޮފީހެއްގެ ޕްރޮކިއުމަންޓަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދާއި ވިޔަފާރީގެ މުޢާމަލާތުގެ ފައިސާގެ އަދަދު އަޅައިކިޔާހިނދުގައި، އެ އަހަރަކު އެ ގުުޅުންހުރި ފަރާތަކާއެކުގައި ކުރާ ނުވަތަ ކުރެވިފައި ހުރި ހުރިހައި މުއާާމަލާތްތަކުގެ ޖުމްލަ ފައިސާގެ އަދަދަށް ބަލަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގަންވާނީ އެކަމާއިބެހޭ ރަޖިސްޓްރީއެއް ހަދައިގެންނެވެ. މި ރަޖިސްޓްރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

1. ގުޅުންހުރި މުވައްޒަފުގެ ނަމާއި، މަޤާމާއި، މަޤާމުގެ ދަރަޖަ؛

2. ގުޅުންހުރި ފަރާތުގެ ނަމާއި، އެޑްރެސް؛

3. މުވައްޒަފާއި އެފަރާތާއި ދެމެދު އޮތް ގުޅުމުގެ ތަފްސީލް؛

4. ހުއްދަދީފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ފައިސާގެ އަދަދު؛

5. ހުއްދަދީފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ތަފްސީލް؛

6. ހުއްދަ ދިން ތާރީޚާއި، ހުއްދަ ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތަފްސީލް؛

7. ހިނގަމުންދާ މާލީ އަހަރުގެ ތެރޭގައި އެފަރާތަށް ހުއްދަދެވުނު މުޢާމަލާތްތަކުގެ އަދަދާއި، އެ މުޢަމަލާތުގެ ފައިސާ އާއި ތަފްސީލް؛