logo
banner image

"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 7 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

މުވައްޒަފަކާއި ގުޅުންހުރި ފަރާތް 7.

މުވައްޒަފަކާއި ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނޭނެއެވެ.

(ހ) ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް ރިލޭޓިވް" އަކަށް ނުވަތަ މުވައްޒަފަކާއި އާއިލީގޮތުން ގުޅުންއޮންނަ ފަރާތަކަށް ވުން. (މިގޮތުން އާއިލީގޮތުން ގުޅުންއޮތް ފަރާތްތަކުގެ ތެރޭގައި އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާނެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިން ހިމެނޭނެއެވެ.)

(ށ) ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކާއި މުވައްޒަފަކާއި ދެމެދު ވިޔަފާރީގެެ ގޮތުން ގުޅުން އޮޮތުން ނުވަތަ އެ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް އެސޯސިއޭޓިވް" އަކަށް ވުން.

(ނ) ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ނުވަތަ އިނާޔަތެއް ދޭ ފަރާތަކަށްވުން.