ޣާޒީ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި
ޣާޒީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
ޣާޒީ ސްކޫލުގެ ގުރޭޑް 4ގެ 154 ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކުރީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ، ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ.
ޣާޒީ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ.
އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ އެކި ބާވަތްތަކުގެ ވަރަށް ގިނަ ގަސް ހައްދާފައިވާ މަރުކަޒެކެވެ.
