"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 4 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ހިންގުން 4.
(ހ) މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު މުއާމަލާތް ހިންގަންވާނީ، އެކަމަށް މި އުސޫލުގައި ކަނޑައަޅާފައިވާ ހުއްދައެއް ލިބިގެންނެވެ.
(ށ) މި އުސޫލުގެ ދަށުން ހުއްދަ ހޯދަން ވާނީ، ވިޔަފާރީގެ މުޢާމަލާތެއް ފެށުމުގެ ކުރިން، ލިއުމުން ކޮންމެ މުޢާމަލާތަކަށް ވަކިވަކިންނެވެ. އަދި މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވޭނީ، ވަކި ވިޔަފާރީގެ މުޢާމަލާތަކަށްވެފައި، އެ ހުއްދަ ދެމި އޮންނާނީ އެ ވިޔަފާރީގެ މުއާމަލާތް ނިމުމާއި ހަމައަށެވެ. އެގޮތުން ކުރިން ދީފައިވާ ހުއްދައެއް ބޭނުންކޮށްގެން އެހެންވިޔަފާރި މުޢާމަލާތެއް ކުރުމަކީ މަނާކަމެކެވެ.
(ނ) މު އުސޫލުގައި ބަޔާންކޮށްފައި ނުވާ ހާލަތެއް ނުވަތަ ކަމެއް ދިމާވެއްޖެ ހިނދެއްގައި، އެކަމަކާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.
