"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 3 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
އިޙުތިޞާޞް 3.
(ހ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރަމުންދާ މިކަމާއި ގުޅޭ އުސޫލުތަކާއި، މަސައްކަތް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއަތު (ސްޓޭންޑަރޓް އޮޕަރޭޝަން ޕްރޮސީޖަރ ނުވަތަ އެސް.އޯ.ޕީ) ގެ ތެރެއިން މި އުސޫލާއި ތައާރުޒުވާ އެންމެހާ އުސޫލުތަކާއި އެސް.އޯ.ޕީ ތައް ބާތިލްވާނެ އެވެ.
(ށ) މި ޢުސޫލާއި ހިލާފަތް މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގައިގެން ނުވާނެއެވެ.
