logo
banner image

"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 2 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.

މަޤުސަދު 2.

މި އުސޫލުގެ މަޤުސަދަކީ އަންނަނިވި ކަންކަން ހާސިލް ކުރުމެވެ.

(ހ) މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމުގައި އެތަނެއްގެ މުވައްޒަފުންް އަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުން.

(ށ) މަޞްލަޙަތު ހިމެނޭ މުވައްޒަފުން އެއްކިބާކޮށް، މިނިވަންކަމާއި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު، ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށްގެންދިއުމަށް މަގުފަހިކުރުން.

(ނ) ވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރި ކުރެވިދާނެ މިންވަރާއި ހުއްދަދޭނެ ފަރާތް ކަނޑައެޅުން.

(ރ) ވިިޔަފާރީގެ މުޢާމަލާތް ނުކުރެވޭނެ ފަރާތްތަކާއި ހާލަތްތައް ބަޔާންކުރުން.

(ބ) މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރުމުން ދައުލަތުގެ އޮފީހަކަށް ލިބިދާނެ މާލީ ގެއްލުން ކުޑަކުރުމާއި، ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމާއި، އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުން.

(ޅ) ވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރި ކުރި ކަމުގައިވިއަސް، އެކަން ކުރާ ދައުލަތުގެ އޮޮފީހަކަށް އެކި ފަރާތްތަކުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން.