"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 1 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ތަޢާރަފާއި ނަން 1.
(ހ) މިއީ ޤާނޫނު ނަންބަރ 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނޫ) އާއި (ދައުލަތުގެ މާލިއްޔަތުގެ ޤަވައިދު) އާއި އެއްގޮތްވާ ގޮތުގެ މަތިން ނަޒާހަތްތެރިކަމާއެކު ދައުލަތުގެ ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށްގެންދިއުމަށާއި، ދަޢުލަތުގެ އޮފީސްތަކުގެ މުވައްޒަފުންނާއި ޢާއިލީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންހުރި ފަރާތްތަކާއި، އެ އޮފީސްތަކުން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުުގެ ގޮތުން، (ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ) 10.71 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ބަޕްލިކް އެންޓަޕްރައިސަސް އިން އެކުލަވާލާފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
