logo
banner image

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފި

ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއި ގުޅިގެން ، މި ވުޒާރާއިން ކުރިޔަށް ގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއު.ޑީ.ސީ ތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ އަށް ޙިއްސާ ކުރެއްވި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރު ކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް ވަނީ ނިމިފައެވެ.

މިގޮތުން، ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ ފޯރު ކޮށްދެވިފައެވެ.

ފުރަތަމަ ބުރުގައި ފަތްކެޔޮގަސް އަދި ގަސްކާނާ ފޯރު ކޮށްދީފައިވާ ރަށްތައް:

ހއ.އިހަވަންދޫ

ހއ.މާރަންދޫ

ހއ.ތަކަންދޫ

ހއ. އުލިގަން

ހދ.ކުމުންދޫ

ހދ.ވައިކަރަދޫ

ށ.ބިލެއްފަހި

ށ.ގޮއިދޫ

ށ.މަރޮށި

ނ.މާޅެންދޫ

ނ.މާފަރު

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފައްދާތަކެތީގެ މިންވަރު އިތުރުކުރުމަށް، އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.