logo
banner image

މަހުގެ ހަމަ އަގު ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާ ކަމަށާ އަމާޒަކީ މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކަރުން އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖަހަން ކަމަށެވެ. އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ އެއްވެސް ވަރަކަށް އަޅަ ނުލާ ކަމަށާ މި ސިނާއަތަށް ވޭތުވެދިޔަ ސަރުކަރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަހަށް ހަމަ އަގު ހޯދައި ދިނުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވެ ކަމަށާ އެކަމުގެ ނަތީޖާވެސް ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. އުންމީދު ކުރައްވަނީ މިހާރު ހުރި އަގުގައި އެންމެ ކުޑަމިނުން 20 ރުފިޔާއަށް ވުރެ ދަށް ނުވަނެ ގޮތަކަށް އަގު ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކާ މަސް ރައްކާ ކުރެވޭނެ ގޮތްތަކާއި މަހަށް ވެލިއުއެޑް ނުވަތަ އަގު އެއްކުރެވޭނެ ގޮތްތައް ގާއިމްވެގެން ދިއުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

ދެން ހަމަ މަހުގެ ހަމަ އަގު ހޯދައިދިނުމަށްޓަކާ އެންމެ ބޮޑު އިސްކަމެއްގެ ގޮތުގަ އަގު ފްލޯޓްކޮށްލުން ނޫނިއްޔާ މާކެޓްގަ އެންމެ ރަނގަޅު އަގެއް އެދުވަހަކު ލިބޭ އެންމެ ރަނގަޅު އަގެއް ދިނުމުގެ ސިޔާސަތެއް ތަންފީޒުކުރަން ފެށުމުގެ ނަތީޖާ ވަރަށް ރަނގަޅު 16 ރުފިޔާ އިން ފެށި މިހާރު 20 ރުފިޔާ އާ ހަމަޔަށް އެއީ އެދުވަހުގެ އެންމެ ރަނގަޅު އަގު މާކެޓްގަ ހުރި ޑީމަންޑަށް ބަލާ މަސްބޭނޭ ކެޕޭސިޓީއަށް ބަލާ ކުރިއަށް އޮތް ތާވެސް އަމާޒަކީ ސަރުކާރުން މަސައްކަތް ކުރަނީ 20 ރުފިޔާ އަށް އެންމެ ކުޑަމިނުން ލިބޭ ވަރުގަ ހިފެހެއްޓުން، އެކަން ކުރުމަށްޓަކާ ވަރަށް މުހިންމު މަސް ރައްކާ ކުރެވޭނެ ގޮތްތަކާ މަހަށް ވެލިއު އެޑް ކުރެވޭނެ ގޮތްތައް ގާއިމްވެގެން ދިއުން

ރައީސް ވިދާޅުވީ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ލިބޭނެ ގޮތްތަކާ ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މަހަށް ހަމަ އަގު ހޯދައިދިނުމުގައި މަސް ރައްކާ ކުރެވޭނެ ގޮތްތަކެއް ގާއިމްވުން މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޯލްޑްސްޓޯރޭޖް އިތުރުކުރުމަށް ނޫނިއްޔާ މަސް ރައްކާކުރާނެ ފެސިލިތީތައް ގައިމްކޮށް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަޝްރުއުތަކެއް ފަށަފައިވާ ކަމަށެވެ. މި ދައުރުތެރޭގައި ރާއްޖޭގައި މަސް ރައްކާކުރާ ކެޕޭސިޓީ ކުރިން ހުރި ވަރަށްވުރެ ދެ ގުނައަށް ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސް މަސްވެރިންނަށް އެންމެ ހެޔޮ އަގު ލިބޭގޮތަށް ކޮލެޓީގައި މަސްރައްކާކުރެވި އަދި ބޭރުކުރުމަށްޓަކާ އެ މަސް ވެލިއު އެޑް ކުރުކުރުމަށްޓަކާވެސް ކެޕޭސިޓީ އިތުރު ކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.