މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަަސްރޭހުގައި އަތޮޅުތެރެއިން 64 ރަށަކުން 91 ޓީމު ބައިވެރިވިއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 18 ޓީމަކުން 190 މީހުން ބައިވެރިވިއެވެ. މަސް ރޭސް ބާއްވާފައި ވަނީ ކައުންސިލްތަކާއި ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މަސްރޭހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މުބާރާތުގެ 1 ވަނަ ޓީމް އަށް 30,000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު. މުބާރާތުގެ 2 ވަނަ ޓީމަށް 25,000 ރުފިޔާ އަދި
3 ވަނަ ޓީމް އަށް 20,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރުމަސް ބޭނާ ފަރާތަކަށް 5,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގްރޭޓަރ މާލެ ސަރަޙައްދުން ވަނަތައް ހާސިލުކުރި ޓީމުތަކަކީ:
1 ވަނަ: ޗިލް ބްރޯޒް
2 ވަނަ: އެންޒީ މޯލްޑިވްސް
3 ވަނަ: ސިލްވަރ ގްރަންޓަރ
މީގެ އިތުރުން، މި މުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ އޭވިއަން ޓީމުގެ ކިޔާން އަލްވީއެވެ.
ޓިމުތަކުން ބޭނި މަސްތައް ކިރާފައި ވަނީ މަސް ބޭނުމަށް ފަހު ކައުންސިލް މެދުވެރިކޮށް މިނިސްޓްރީން މިކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
