logo
banner image

ހއ.ބާރަށު ދަނޑުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރައްވައިފި

ވަޒީރު އަޙްމަދު ޝިޔާމް، ހއ. ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު އަހުމަދު ޝިޔާމްގެ އިތުރުން ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހއ ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމްއާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބާރަށުގެ ރުއްތަކަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ބާރަށު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ބާރަށުގައި ދަނޑުވެރިކަން ކުރިއެރުވުމާއި، ކާނާގެ ރައްކާތެރިކަން (Food Security) ކަށަވަރުކުރުމުގެ ދާއިރާއިން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވިގޮތަށް ބާރަށުގެ ރުއްތަކަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.