logo
banner image

ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މައުލޫމާތު މިރޭ ފަތިހު 4:32 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 4:58 ހާއިރުއެވެ.

މި ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.